
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ލ އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު ނެރެފި
# މޫސުން# މެޓް އޮފީސްމޫސުން ގޯސް ދުވަހެއް- ފޮޓޯ: ގާފު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ލ.އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ މިރޭ 8:30 އިން ފެށިގެން 02:30 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
މި ސަރަހައްދުތަކަށް މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މެޓުން ވަނީ މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ސްކޫލްގެ ފުރަތަމަ ޓާމްގެ ޗުއްޓީ ދުވަސްވަރެވެ. ނަމަވެސް އަންނަ ހަފުތާގައި އަލުން ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު، މިއީ ގިނަ ބަޔަކު ދަތުރުކުރާނެ ދުވަސްވަރެކެވެ.
ގުޅުންހުރި

ހޮނިހިރު ދުވަހުން ފެށިގެން ހުރިހާ ހިސާބަކަށް ވެސް މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކޮށްފި

އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވޭ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް




