
ކަނޑުމަތީގ ހާދިސާއެއް ހިނގާ 2 މީހަކު ގެއްލިގެން ހޯދަނީ
# އެމްއެންޑީއެފް# ކަނޑުމަތީގެ ހާދިސާ# ފުލުހުންކަނޑުމަތީގ ހާދިސާއެއް ހިނގާ 2 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންނާއި އެމްއެންޑީއެފް އިން ބުނީ ކ. ގާފަރު ހުޅަނގު ފަރާތު ބޭރަށް އެލްސީވީއެއް ބަންޑުންޖަހާލުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައުވާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި 10 ފަޅުވެރިން ދަތުރުކުރަމުންދިޔަ ކަމަށާއި މީގެ ތެރެއިން 8 ފަޅުވެރިއަކު ސަލާމަތްކޮށްފައިވާއިރު، ދެމީހަކު ގެއްލުގެން ހޯދަމުން އަންނަކަމަށް ވަނީ ބުބެފައެވެ. އަދި ގެއްލިގެން ހޯދަމުންދަނީ ބިދޭސީ 2 ފަޅުވެރިން ކަމަށް ވެސް ބުނެއެވެ.
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަން.
ގުޅުންހުރި

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް!

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި




