
ފޮޓޯ: އެމްއެންޑީއެފް
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށާއި ކަނޑާއި ވައިގެމަގުން ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން ވަނީ އެލްސީވީ އަޑިޔަށްދިޔަ ސަރަހައްދު ވެސް ޑައިވްކޮށްގެން ބަލާފައި ކަމަށް ބުނެއެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދިވެސް ފެނިފައި ނުވާ ކަމަށެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި

ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި




