
ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ބުނީ މި މަސަކްތަ ފަށާފައިވަނީ ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ކަމަށެވެ.
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްކުންތަކެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން މިއީ ގިނަ ބަޔަކު ބޭނުންކުރާ ޖެޓީއަކަށް ވާތީ، އެތަނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސް އަވަސް ފުރުސަތެއްގައި އަލުން ހުޅުވާލުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުނެއެވެ. އަދި ޖެޓީ ބަންދުކުރެވިފައިވާ މުއްދަތުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށްޓަކައި އެޗްޑީސީން މައާފަށް އެދެއެވެ.
އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާއްމުންނަށް ވީހާވެސް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ގުޅުންހުރި

"މަދިރިން ރައްކާ" ކެމްޕޭނު: އިއްޔެ އެކަނިވެސް އަމާން ޓަވަރުތަކުގެ ސަރަހައްދުން 670 ޓަނުގެ ކުނި އުކާލައިފި

ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފި

ޕޯސްޓްމޯޓަމް ޔުނިޓް ހެދުމަށް ހުޅުމާލެ ސަހަރާ ކައިރިން ބިމެއް!




