
2 އަހަރާއި 8 މަސް ތެރޭ 590 މަޝްރޫޢު ނިންމައިފިން؛ ކުރީގެ ދެ ސަރުކާރަށްވުރެ ކުރިއެރުން ބޮޑު - ރައީސް
# ރައީސް މުއިއްޒު-
މި ސަރުކާރުގެ 2 އަހަރާއި 8 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫޢުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، މިއީ ނިމިދިޔަ ދެ ސަރުކާރުން އެ މުއްދަތުގައި ނިންމި މަޝްރޫޢުތަކަށްވުރެ އިތުރު އަދަދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ހާމަކުރެއްވީ އުކުޅަހުގައި ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
ސަރުކާރުގެ ތަރައްޤީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ހާމަކުރެއްވި ގޮތުގައި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފުރަތަމަ 2 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި ނިންމާފައިވަނީ 285 މަޝްރޫޢެވެ. އަދި އޭގެ ކުރީގެ ސަރުކާރުގައި އެ މުއްދަތުގެ ތެރޭގައި ނިންމާފައިވަނީ 321 މަޝްރޫޢު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,635 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ދެ ގިންތިއަކަށް ބަހާލައިގެން ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ ހުރިހާ ރަށެއްގައި އާންމުކޮށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އިތުރުން، އެ ރަށެއްގެ ރައްޔިތުންނަށް ޚާއްޞަކޮށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެވެ.
މިވޭތުވެދިޔަ މުއްދަތުގައި ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށިގެން ކުރިއަށްދާއިރު، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދުތަކެއް ވީހާވެސް އަވަހަށް ފުރިހަމަކޮށްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




