.jpeg&w=3840&q=75)
ޔޫއެންއޯޑީސީގެ "ނިއަރ-ޝޯރ ސެކިއުރިޓީ" ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން ތައިލެންޑުގެ ލޭމް ޗަބަންގް ޕޯޓުގައި ކުރިއަށްގެންދިޔަ "ނިއަރ-ޝޯރ ސެކިއުރިޓީ އެކްސްޗޭންޖް ޕްރޮގްރާމް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެ އެވެ.

އޮގަސްޓް 3 އިން 7ގެ ނިޔަލަށް 2026 ވަނަ އަހަރު ކުރިއަށްދިޔަ މި ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަމްސީލުކުރެއްވީ އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ސަރާނު އެވެ. މިއީ ސަރަހައްދީ ފެންވަރުގައި ސެކިއުރިޓީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމާއި، ގުޅުން ބަދހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ސަރަހައްދީ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި އައްސޭރިފަށުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހިއްސާކުރުމާއި، ގުޅިގެން މަސައްކަތްކުރެވޭނެ އުސޫލުތައް ދެނެގަތުން ހިމެނެއެވެ. މީގެއިތުރުން، އެކި ބައިވެރިންގެ މެދުގައި ގުޅިގެން މަސައްކަތްކުރުމަށް އޮތް ފްރޭމްވޯކް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މި ޕްރޮގްރާމުގައި ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މިފަދަ ސަރަހައްދީ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ، އައްސޭރިފަށުގެ ސަލާމަތާއި ރައްކާތެރިކަން ބެލهހެއްޓުމުގައި ބައިނަލްއަގުވާމީ އަދި ސަރަޙައްދީ ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށް ފުލުހުން ފާހަގަކުރެއެވެ.
ގުޅުންހުރި

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފި

ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ޔޫ.އޭ.އީގެ ވަފުދާއެކު މަޝްވަރާކޮށްފި




