
އަހަރުގެ ފުރަތަމަ 7 މަސްދުވަހު 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށް ހިންގުނު މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތަކުގެ ތަފާސްހިސާބު ހާމަކުރައްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކަކީ ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ބަލަމުން އައިސްފައިވާ މައްސަލަތަކެއް ކަމަށެވެ.
މި ތަކެތީގެ މަގުމަތީ އަގު 120.2 މިލިޔަން ރުފިޔާއަށް އަރާއިރު، އަތުލައިގަނެވުނު 1,856 ފުޅި ބަނގުރަލާއެކު ޖުމްލަ 121.2 މިލިޔަން ރުފިޔާގެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
އަތޮޅުތަކުގެ ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލެ ސަރަޙައްދުންނެވެ.
އެގޮތުން މާލެ ސަރަޙައްދުން 137.85 ކިލޯ، ދެކުނުގެ އަތޮޅުތަކުން 3.06 ކިލޯ އަދި އުތުރުގެ އަތޮޅުތަކުން 3.45 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.
ގުޅުންހުރި

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފި

ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ޔޫ.އޭ.އީގެ ވަފުދާއެކު މަޝްވަރާކޮށްފި




