
--
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަޖޭ ދޭވްގަން، އިންޑިއާގެ ޓީވީ ސްކްރީންތަކުގައި އެންމެ މަގުބޫލު އެއް ކްރައިމް ޝޯ ކަމަށްވާ 'ކްރައިމް ޕެޓްރޯލް' ގެ 2026 ވަނަ އަހަރުގެ އައު ސީޒަން ހޯސްޓުކުރާނެކަން ޔަގީންވެއްޖެއެވެ.

ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ މި ޝޯގެ އައު ސީޒަން ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ މި އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.
އާންމުކޮށް ހިނގާފައިވާ ހަގީގީ ކުށްތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ޝޯއަކީ، އާންމުން ހޭލުންތެރިކުރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ޝޯއެކެވެ.
ފިލްމުތަކުގައި ފުލުހެއްގެ ރޯލުންނާއި، ސީރިއަސް ކެރެކްޓަރތަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަޖޭ ދޭވްގަން މި ޝޯ ހޯސްޓުކުރުމަކީ، ޝޯއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް 'ސިންގަމް' އަދި 'ދްރިޝްޔަމް' ފަދަ ފިލްމުތަކުން އޭނާ ދައްކުވައިދީފައިވާ މޮޅު ހުނަރާއި ސީރިއަސް މިޒާޖުގެ ސަބަބުން، ކްރައިމް ޕެޓްރޯލް ފަދަ ހޭލުންތެރިކުރުވާ ޝޯއަކާ އޭނާ ވަރަށް ގުޅޭނެކަމަށް ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.
ކުރިން މި ޝޯގެ ހޯސްޓެއްގެ ގޮތުގައި އަނޫޕް ސޯނީ ފެނިގެންދިޔައިރު، އޭނާގެ ހުށަހެޅުމަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ނަމަވެސް އަޖޭ ދޭވްގަން އާއި އެކު، އައު ސީޒަން އިތުރަށް ޝައުގުވެރިވެގެންދާނެ ކަމަށް ޝޯ އުފައްދާ ފަރާތްތަކުން އުންމީދުކުރެއެވެ.
ގުޅުންހުރި

ގިނަ ދުވަސްތަކަކަށްފަހު އަކްޝޭ އާއި ސައިފް އެކީގައި: 'ހައިވާން' ގެ ޓީޒާއަށް ބޮޑު ތަރުހީބެއް

24 އަހަރަށްފަހު މަދޫރީ ޓީވީ ހޯސްޓެއްގެ ގޮތުގައި އެނބުރި އަންނަނީ!

21 ތަރިންނާއެކު 'ދަ ޓްރެއިޓަރސް އިންޑިއާ' 2 ވަނަ ސީޒަނަކަށް އެނބުރި އަންނަނީ




