ސާރކްގެ ސެކްރެޓަރީ ޖެނެރަލް ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
ސާރކްގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ އެމް.ޑީ. ގޯލަމް ސަރްވާރު، ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ހިޒް އެކްސަލަންސީ އެމް.ޑީ. ގޯލަމް ސަރްވާރު ރާއްޖެއަށް މި ހިނގާ އޮގަސްޓް މަހުގެ 9 އިން 12 އަށް ކުރައްވާ ދަތުރުފުޅަކީ، ސާރކް ގެ މެމްބަރު ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ވަދާޢީ ދަތުރުފުޅުތަކުގެ ތެރެއިން އެ މަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު އާ ބައްދަލުކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އެމަނިކުފާނު އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރެއްވިއެވެ.
8/11/2026, 6:40:51 AM