
ތިމަރަފުށި
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ތ ތިމަރަފުށީގެ ގިނަ ގެތަކަކަށް ފެން ވަދެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ, އެންޑީއެމްއޭއިން ބުނީ ވިއްސާރައިގެ ސަަބަބުން ތިމަރަފުށީގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައި ކަމަށާއި ގިނަ ގެތަކަށް ފެންވަދެފައިވާ ކަމަށެވެ.
އެގޮތުން އެ ރަށުގެ 33 ގެއަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
އެ ރަށުގައި ހެދުނު ފެންގަނޑު މިހާރު އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު ހިންދާފައިވާއިރު ވިއްސާރައިގައި ރަށްތަކަށް ލިބުނު ގެއްލުންތައް ދެނެގަނެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް އެން.ޑީ.އެމް އާއި ރަށު ކައުންސިލާއި ގުޅިގެން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
ގުޅުންހުރި

ތިމަރަފުށީގެ ޒުވާނުންގެ ދުވަސްވީ ހުވަފެން ހަގީގަތަކަށް: އައު ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ތިމަރަފުށީ ހައުސިންގ ޔުނިޓްތަކުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކާއިއެކު ސޮއިކުރަން ފަށައިފި

ވިއްސާރައިގެ ސަބަބުން ތިމަރަފުށީގެ 33 ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ލިބިއްޖެ




