
--
ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޖުލައި މަހުގެ 14ވަނަ ދުވަހު ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ނަފުސާނީ ދުޅަހެޔޮކަމާއި އަމިއްލަ ނަފުސަށް އަޅައިލުމާ ގުޅޭގޮތުން އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕުގައި ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް ކުރެވިދާނެ ކަންތައްތައް ކިޔައިދީފައިވެއެވެ. އަދި އަމިއްލަ ނަފުސަށް އަޅައިލުމަށް ކުރެވިދާނެ ކަންތައްތަކާއި އެކަމުގެ މުހިންމުކަމާއި ވިސްނުންތެރިކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
އެކި ކަހަލަ ކުޅިވަރުތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕުގައި 27 މީހުން ބައިވެރިވިއެވެ.
ގުޅުންހުރި

ތުލުސްދޫގައި ގާއިމުކުރާ "އިސްރަށްވެހިންގެ ހިޔާވަހި" އިމާރާތްކުރާ ތަނުގެ ބިން ރަސްމީކޮށް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފި

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

ބައިނަލްއަޤުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި




