
ރާއްޖޭގެ ފަރުތަކުގެ ދިރުންތައް ރައްކާތެރިކުރަން އެޗްޑީސީއާއި މެރިން ރިސާޗު އިންސްޓިޓިއުޓްއިން ގުޅިއްޖެ
# އެޗްޑީސީ-
ދިވެހިރާއްޖޭގެ ފަރުތައް ދިރުވައި އާލާކުރުމާއި، ފަރުތަކުގެ ނިޒާމުތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ދާއިރާއިން ގުޅުން ބަދާހިކުރުމަށްޓަކައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމްއެމްއާރްއައިގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ޑރ. އަމްޒަދު އަޙްމަދު ސޮއިކުރެއްވިއިރު، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.
މި ފަހުމުނާމާގެ ދަށުން، އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ ފަރުތައް އާލާކުރުމުގެ އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އިރުޝާދާއި އެހީތެރިކަން އެމްއެމްއާރްއައި އިން ފޯރުކޮށްދޭނެއެވެ. އަދި ހަމައެއާއެކު، ރާއްޖޭގެ ފަރުތައް މޮނިޓަރކުރުމަށާއި ސައިންސުވެރި ހޯދުންތައް ހޯދުމަށް އެމްއެމްއާރްއައި އިން ކުރިއަށްގެންދާ ހަރަކާތްތަކަށް އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައިވެރިވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފަރުތައް އަލުން ދިރުވައި އާލާކުރުމުގެ މަސައްކަތްތައް ޒަމާނީ ސައިންޓިފިކް އަސާސްތަކެއްގެ މަތިން ކުރިއަށްގެންދިއުމާއި، ދިވެހިރާއްޖޭގެ ނާޒުކު ކަނޑުގެ ދިރުންތަކުގެ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ.
ގުޅުންހުރި

"މަދިރިން ރައްކާ" ކެމްޕޭނު: އިއްޔެ އެކަނިވެސް އަމާން ޓަވަރުތަކުގެ ސަރަހައްދުން 670 ޓަނުގެ ކުނި އުކާލައިފި

ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފި

ހުޅުމާލެ ފަޅުތެރެއަށް ކުނި އުކާލުމުގައި ވެމްކޯގެ އިހުމާލެއް ނެތް: އެމްޑީ




