logoEN
WAMCO TOP 1
އއ. އުކުޅަހުގައި ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކުރުމުގެ ބިންގާ އަޅައިފި

އއ. އުކުޅަހުގައި ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކުރުމުގެ ބިންގާ އަޅައިފި

އަހުމަދު ޝުރާއު

logo

8/6/2026, 6:12:13 AM

# އއ އުކުޅަސް

-

އއ. އުކުޅަހުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ ރަސްމީކޮށް އަޅައިފިއެވެ.

THE TRAVELLER AD

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް އަދި އއ. އުކުޅަސް ކައުންސިލްގެ ރައީސް އަލީ ވަހީދެވެ.

އުކުޅަހުގައި ތަރައްޤީކުރާ މި ސްޕޯޓްސް ކޮމްޕްލެކްސްގައި، އިންޑޯ ޖިމަކާއި، އަންހެނުން ކަސްރަތު ކުރުމަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއެއްގެ އިތުރުން ބޯޑު ގޭމްތަކާއި އެކި ކަހަލަ އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އެކުވެނި ހޯލެއް ހިމެނޭނެއެވެ.

މީގެ އިތުރުން، އެކި ކަހަލަ ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަށް ޚާއްޞަ ކޮޓަރިއެއްވެސް މި އިމާރާތުގައި ހިމެނިގެންދާނެއެވެ.

މި ކޮމްޕްލެކްސްއަކީ އުކުޅަހުގެ ޒުވާނުންނާއި އާންމު ރައްޔިތުންގެ ހަށިހެޔޮކަމާއި ކުޅިވަރުގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅިގެންދިޔަ މުހިންމު ބިންގަލެއް ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC