
-
ހުޅުމާލޭ "އަމާން އުދަރެސް" ސަރަޙައްދު ސާފުކުރުމަށްފަހު، އެ ތަނަށް ކުނި އަޅާ ފަރާތްތައް ކެމެރާ ސިސްޓަމް މެދުވެރިކޮށް ދެނެގަނެ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާޤް ވިދާޅުވެއްޖެއެވެ.

"މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުން ރައްޒާޤް ވިދާޅުވީ، "އަމާން އުދަރެސް" ސަރަޙައްދުގައި ޖަމާވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، މި ސަރަޙައްދު ސާފުކޮށް ނިމުމާއެކު އެތަން އިތުރަށް ފެހިކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
އެތަނަށް ކުނި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަން ފާހަގަކުރައްވައި ރައްޒާޤް ވިދާޅުވީ، އެތަން ސާފުކުރުމަށްފަހު ކުނި އެޅޭނެ އިތުރު ގޮތްތައް ނުބަހައްޓާނެ ކަމަށާއި ކުނި އަޅާ ފަރާތްތައް ދެނެގަންނާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ކެމެރާ ސިސްޓަމް އޮންލައިން ކުރުމުގެ މަސައްކަތް އެދަނީ. ހުރިހާ ކެމެރާ ސިސްޓަމްތަކެއް ގްރައުންޑް ފްލޯގައި ހަރުކޮށް ނިމި، މިހާރު އެދަނީ ޓެސްޓިންގ މަސައްކަތް. ކެމެރާތައް ލައިވްވާ ހިސާބުން އެ ފޮޓޯ އަޅުގަނޑުމެންނަށް ފެންނާނެ. ފެނުނީމަ ފިޔަވަޅު އަޅާނެ." އޭނާ ވިދާޅުވިއެވެ.
މި ހަރަކާތަކީ އެޗްޑީސީ، އެފްޑީސީ، ފުލުހުން، ވެމްކޯ އަދި މޯޕާ ގުޅިގެން ހުޅުމާލެއަކީ ސާފުތާހިރު، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.
ގުޅުންހުރި

ކެމެރާތައް އޮންލައިންވުމާއެކު، ކުނި އަޅާ މީހުން ހޯދި ފިޔަވަޅު އެޅޭނެ - އެފްޑީސީ

ހަމްދާންގެ އިންޒާރު: ފްލެޓުތައް ކުއްޔަށް ދޭނަމަ 50،000 ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނަން!

އެމްއެންޔޫގެ ކެމްޕަހެއް ނައިފަރުގައި ތަރައްޤީކުރުމަށް އެފްޑީސީއާއި ހަވާލުކޮށްފި




