
ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް "ހަފްތާރެސް" ޕްރޮގްރާމް ވޭމަންޑޫގައި ފަށައިފި
# ޔޫތު މިނިސްޓްރީ-
ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް ބާރުއަޅައި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ "ހަފްތާރެސް" ޕްރޮގްރާމް ތ. ވޭމަންޑޫގައި ފަށައިފިއެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިހުތިރާމްކުރާ އަދި އަޅާލާ މުޖުތަމައުއެއް ބިނާކުރުމެވެ. މީގެ އިތުރުން މުޖުތަމައުގައި ހުރި އިޖުތިމާއީ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މީހުން ހޭލުންތެރިކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.
މިފަހަރުގެ ޕްރޮގްރާމްގެ ސެޝަންތައް ތިމަރަފުށި، ގާދިއްފުށި، ދިޔަމިގިނލި، ވޭމަންޑޫ، ގުރައިދޫ، ހިރިލަންދޫ، ކިނބިދޫ، އޮމަދޫ، ކަނޑޫދޫ އަދި ވަންދޫގައި ކުރިއަށްދާނެއެވެ.
ހޭލުންތެރިކުރުމުގެ ސެޝަންތައް ރަށްރަށުގެ އެކި ކޮމިއުނިޓީތަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށްގެންދާ ސެޝަންތަކާއި ޒުވާނުންނަށް ހާއްސަ ސެޝަންތައްވެސް ހިމެނެއެވެ. މިއީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުންގެ ބައިވެރިވުން ހިމެނޭހެން ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
ހަފްތާރެސްގެ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން ފެށިގެން 18 ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ތ. އަތޮޅުގެ 7 ރަށަކުން ޖުމުލަ 21 ބައިވެރިން ބައިވެރިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 17 ފިރިހެނުންނާއި 4 އަންހެނުންނެވެ.
މި ފަހަރުގެ ޕްރޮގްރާމްގައި ބައިވެރިން ތަމްސީލު ކުރަނީ ވޭމަންޑޫ، ކަނޑޫދޫ، ހިރިލަންދޫ، އޮމަދޫ، މަޑިފުށި، ވިލުފުށީގެ އިތުރުން ގުރައިދޫއިންނެވެ. މި ޕްރޮގްރާމްގައި ސެޝަންތައް ނަގައިދެނީ ޔޫތު މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކާއި، އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ނެޝަނަލް ސެންޓަރ ފޮރ ކައުންޓަރ ޓެރަރިޒަމް، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ވޭމަންޑޫ ކައުންސިލްގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންނެވެ.
ގުޅުންހުރި

ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް "ހަފްތާރެސް" ޕްރޮގްރާމް ވޭމަންޑޫގައި ފަށައިފި
.webp&w=3840&q=75)
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ ކޮކާކޯލާ ފެކްޓްރީގެ ތަޖުރިބާ ދަތުރަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ!

62 ބައިވެރިންނާއެކު "ސްކިލްއަޕް ޔޫތު" ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފި




