logoEN
WAMCO TOP 1
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް 58،000 އަށްވުރެ ގިނަ އެޕްލިކޭޝަން!

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް 58،000 އަށްވުރެ ގިނަ އެޕްލިކޭޝަން!

އަހުމަދު ޝުރާއު

logo

6/17/2026, 4:07:25 AM

# ބޯހިޔާވަހިކަން އެންމެނަށް

-

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ރެކޯޑު އަދަދަކަށް އެޕްލިކޭޝަން ހުށަހަޅާފައިވާކަން ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

THE TRAVELLER AD

ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން ރޭ އާންމުކުރި ތަފާސްހިސާބުތައް ބުނާގޮތުން، މި ދެ ޕްރޮގްރާމް އެއްކޮށްލައިގެން ފްލެޓާއި ގޯއްޗަށް އެދި ޖުމުލަ 58,505 އެޕްލިކޭޝަން ވަނީ ފުރިހަމަކޮށް ހުށަހަޅާފައެވެ. މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ތާރީޚުގައިވެސް މިފަދަ މަޝްރޫޢަކަށް މިހާ ބޮޑު ތަރުޙީބެއް ލިބުނު ފުރަތަމަ ފަހަރެވެ.

މި ބޮޑު މަޝްރޫޢުގެ ތެރެއިން ހުށަހެޅުނު އެޕްލިކޭޝަންތަކުގެ ވަކިވަކި ތަފްސީލަށް ބަލާއިރު، އާންމުންގެ އެންމެ ބޮޑު ޑިމާންޑެއް އޮތީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ ފްލެޓްތަކަށްކަން ފާހަގަކުރެވެއެވެ. އެގޮތުން ޖުމުލަ ފޯމުތަކުގެ ތެރެއިން ފްލެޓަށް އެދި ހުށަހަޅާފައިވަނީ 35,930 އެޕްލިކޭޝަނެވެ. އަދި އަމިއްލަ ބިމެއްގައި ގެދޮރު ބިނާކުރުމަށްޓަކައި ގޯއްޗަށް އެދި ބޮޑު ތަރުހީބަކާއެކު ޖުމުލަ 22,575 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.

ވަކިވަކި ޕްރޮގްރާމްތަކަށް ބަލާއިރު، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ރައްޔިތުން ވަނީ ނުހަނު ބޮޑަށް ކުރިމަތިލާފައެވެ. މި ޕްރޮގްރާމަށް އެކަނިވެސް ޖުމުލަ 45,644 އެޕްލިކޭޝަން ވަނީ ލިބިފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,818 އެޕްލިކޭޝަނާއި، ގޯއްޗަށް އެދި ހުށަހެޅި 9,826 އެޕްލިކޭޝަނެވެ.

ހަމައެއާއެކު، "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޕްރޮގްރާމަށް ހުށަހަޅާފައިވަނީ ޖުމުލަ 12,861 އެޕްލިކޭޝަނެވެ. މި ޕްރޮގްރާމުގައި އާންމުންގެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ގޯތި ހޯދުމަށެވެ. އެގޮތުން ގޯއްޗަށް އެދި 12,749 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ފްލެޓަށް އެދި ހުށަހަޅާފައިވަނީ އެންމެ 112 އެޕްލިކޭޝަނެވެ.

ސަރުކާރުން ބުނެފައިވަނީ ހުށަހެޅިފައިވާ ހުރިހާ ފޯމުތަކެއްގެ ސައްހަކަން ބަލައި، ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް އިންސާފުވެރިކަމާއެކު ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC