logoEN
WAMCO TOP 1
1000 ހައުސިންގް ޔުނިޓް ތަރައްގީކުރަން ދިވެހިން ހިއްސާވާ 5 ކުންފުންޏަކާއެކު ސޮއިކޮށްފި

1000 ހައުސިންގް ޔުނިޓް ތަރައްގީކުރަން ދިވެހިން ހިއްސާވާ 5 ކުންފުންޏަކާއެކު ސޮއިކޮށްފި

# ބޯހިޔާވަހިކަން އެންމެނަށް

ހުޅުމާލެ ފޭސް 2

އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ހާއްސަކޮށްގެން ޕަބްލިކް ޕްރައިވެޑް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި 100 އިންސައްތަ ދިވެހިން ހިއްސާވާ 5 ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.

THE TRAVELLER AD

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް އިން ބުނީ މި މަޝްރޫއުގައި ސޮއިކުރެވުނު ފަރާތްތަކަކީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ޖޭވީ ޕާޑްނާޝިޕް- ވަން ރިއަލިޓީ ޕްރައިވެޑް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ޖޭވީ ޕާޓްނާޝިޕް- ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޑް، ސޮލެކްސް ޕްރައިވެޑް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް އެވެ.

މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވިގެން މިދިޔަ ހައުސިންގް ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 3 ގައި 30 މަސް ދުވަސް ތެރޭގައި ނިންމާގޮތައް ކަމަށެވެ. އަދި މި މަޝްރޫއުގައި ކޮންމެ ޑިވެލޮޕަރަކަށްވެސް 1 ޕްލޮޓް ހަވާލުކުރެވިފައިވާކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.

މި މަޝްރޫއުން އިމާރާތްކުރެވޭ ހުރިހާ ފްލެޓެއްވެސް ވިއްކަން ޖެހޭނީ ސަރުކާރުން އިއުލާންކޮށް އެޕްލިކޭޝަން ބަލައިގަނެފައިވާ "އާއިލާ ބޯހިޔާވަހިކަން" މި ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

މިނިސްޓްރީން ފާހަގަކުރާގޮތުގައި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 2 ކޮޓަރީގެ ފުލެޓް ވިއްކޭނެ އެންމެ މަތީ އަގަކަށް 1.8 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، 3 ކޮޓަރީގެ ފުލެޓް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިޔަން ރުފިޔާ އެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ މިއީ މި އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު "contractor- financed build and sell" މޮޑެލްއަށް މި މަޝްރޫއުގެ މަސައްކަތް ކޮށްދިނުމަށް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ފްރޮޕޯސަލް ހުށަހެޅި ފަރާތުގެ ތެރެއިން އެންމެ މަތިން މާކުސް ލިބުނު ފަރާތްތައް ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި 2 ކަމަކަށް އިސްކަންދީފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. އެއީ ފުލެޓުގެ އަގު ކުޑަކުރުން އަދި މިހާތަނަށް ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ގަތުމުގެ ފުރުސަތު ދިނުން ކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެނަށް" މި ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަތްފޯރާފަށުގައި ބޭންކު މޯގޭޖް ފައިނޭންސް މެދުވެރިކޮށް ގަނެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިންގޭ ފުރަތަމަ މަޝްރޫއު އެވެ.

ކޮމެންޓް
ފަހުގެ
HDC