
ވެލާނާ އެއާޕޯޓް ކައިރި ކަނޑުމަތިން ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
# އެކްސިޑެންޓް# ކަނޑުމަތީގެ ހާދިސާވެލާނާ އިންޓަމޭޝަނަލް އެއާޕޯޓް ކައިރި ކަނޑުމަތިން ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ގާފު އޮންލައިން އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރި ކަނޑުމަތިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 2026 ޖުލައި 3 ވަނަ ދުވަހުގެ ރޭ 23:08 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާދިސާގައި އެކްސިޑެންޓްވި އެއް ލޯންޗުގައި ތިބީ ހަ މީހުންނެވެ. އަދި އަނެއް ލޯންޗުގައި ޖުމްލަ 16 މީހުން ތިއްބެވެ.
މި އެކްސިޑެންޓްގައި އެއް ލޯންޗުގެ ފަޅުވެރިއެއްގެ ބުމަ މަތި ފަޅައިގެން ގޮސް އަނިޔާވެފައިވާކަމަށާއި، އިތުރު އެހެން މީހަކަށް އަނިޔާ ވެފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމަށްޓަކައި ވައިގެ މަގުން ޔޫއޭވީ އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި

ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުން ހުއްޓައެއް ނުލާ
ކަނޑުދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކޮށްފި




